އިއްޔެއަކީ ކޮވިޑް 19ގެ ސަބަބުން މުޅި ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއް ލިބުނު ދުވަހެކެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނުމަކާނުލާ ރަށްރަށަށް ދަތުރު ކުރެވޭއިރު މި ވަގުތު ކަރަންޓީނުގައި ތިބި މީހުން ވެސް މިވަނީ ކަރަންޓީނުން ވީއްލި ރަށުތެރެއަށް ނިކުމެ އުޅުމުގެ ފުރުސަތު ލިބިފަ އެވެ.
މިއާއެކު އުފެދޭ ސުވާލަކީ ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް 19 އަށް ޓެސްޓް ކުރުމެއް ނެތި، ކަރަންޓީނުން ވީއްލުމަކީ ކިހާ ރައްކާތެރި ކަމެއްތޯ އުފެދޭ ސުވާލެވެ. އެކަމުގެ ސަބަބުން އެމީހެއްގެ އާއިލާ އަށާއި މުޅި ރަށުގެ ސަލާމަތާއި ރައްކާތެރިކަން ކުރައްކަލަށް ހުށަހެޅިގެން ނުދާނެތޯ ކުރެވޭ ސުވާލެވެ.
ކޮންމެއަކަސް ސަރުކާރުގެ ނިންމުން އިއްވައިފި އެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާނަމަ އެއްވެސް ހުރަހެއްނެތި މިނިވަންކަމާއެކު ރަށްތަކަށު ގޮސް ރަށުތެރޭގައި އުޅެވޭނެ އެވެ. ކުރިއަށް އޮތް އަޝްހާ އީދާ ދިމާކޮށް މިއީ ގިނަ ބަޔަކަށް ލިބުނު އުފާވެރި ޚަބަރެކެވެ.
ނަމަވެސް މި ޚަބަރާއެކު އޮތް ކަންބޮޑުވުމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި މިފަދަ ބޮޑު ލުއިތަކެއް ދިނުމަކީ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އޮތަ ގޮންޖެހުމަކަށް ވުމެވެ. ބައިބަޔަށް ރަށްރަށަށް މީހުންތައް ދިއުމަކީ އެކަމުގެ ސަބަބުން ކޮވިޑް-19ގެ ފަސްވަނަ ރާޅަކަށް އޮތް ފުރުސަތަކަށްވުމެވެ.
މި ދަނޑިވަޅުގައި އަހަރެމެންނަށް ކުރެވޭނެ ކަމަަކީ ފަރުދީ ޒިންމާ އަދާ ކުރުމެެވެ. ލުއިތަކެއް ލިބުނު ނަމަވެސް ރަށްރަށަށް ފުރަފުރައިގެން ދިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ކަރަންޓީނު އުވުނުކަމުގައި ވިޔަސް ގެއިން ބޭރަށް ނުކުމެ އުޅުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ.
އެހެން ކަމުން ބުއްދިވެރި ގޮތަކީ އަދިވެސް ރަށްވެހިވެފައިވާ ތަނެއްގައި މަޑު ކުރުމެވެ. ގޭބީސީގައި އެއްކޮށް ދިރިއުޅީ މީހުންނާއެކު އީދު ބަންދު ހޭދަ ކުރުމެވެ. އާއިލާއާއި މުޖުތަމައުގެ ރައްކާތެރިކަމަށް ޓަކަ އެވެ. ރައްކާވެ ތިބިއްޔާ ދަތުރަށް ވީމައެވެ.
ގޯސް ވާނެ. މާ އަވަހަށް ދޫދެނީ.