ކާބުލް (24 ޖުލައި) - ތާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކުން އާއްމު ރައްޔިތުން ރައްކާތެރިކުރަން އެ ގައުމުގެ 31 ޕްރޮވިންސެއްގައި ރޭގަނޑު ކާފިއުއެއް ހިންގުމަށް ސަރުކާރުން ނިންމާފަައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

"ތާލިބާނުންގެ ފަރާތުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އަފްޣާނިސްތާނުގެ ހަތަރު ޕްރޮވިންސެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި ރޭގަނޑު ކާފިއު ހިންގުމަށް ވަނީ ނިންމާފައި،" އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު އިތުރަށް ވިދާޅުވީ އެ ގައުމުގައި ކާފިއުގެ އަމުރު ހިންގާނީ އަފްޣާނިސްތާނު ގަޑިން ރޭގަނޑު 10:00 ން ފަތިހު 4:00 އަށް ކަމަށެވެ.

މިދިޔަ މެއި މަހުން ފެށިގެން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ތާލިބާނުނުގެ އިސްތިއުމާރު ފުޅާކޮށްފައިވާއިރު އެކަމުގެ ސަބަބުން ވަނީ އަވަށްޓެރި ގައުމުތަކުގެ މެދުގައި ވެސު ނުތަނަވަސްކަން އުފެދިފަ އެވެ.

އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ފޭބުމާއެކު ތާލިބާނުން ވަނީ އެ ގައުމުގެ ބިންތަކަށް އަތްގަދަކޮށް 400 އަށްވުރެ ގިނަ ރަށްތައް އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް