ނިއުޔޯކް (04 އޮގަސްޓް) - އެމެރިކާގެ ނިއުޔޯކްގެ ރެސްޓޯރެންޓްތަކާއި ފިޓްނެސް ސެންޓަރުތަކުގެ އިތުރުން އިންޑޯ ރެކްރިއޭޝަން ސެންޓަރުތަކަށް ވަނުމަށް ވެކްސިން ޖަހަން ޖެހޭނެ ކަމަށް އެސިޓީގެ މޭޔަރު ބިލް ޑި ބްލޭސިއޯ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ވެކްސިން ޖަހާފައި ނުވާ ނަމަ ވަރަށް ގިނަ ކަންކަމުން މަހުރޫމްވާނެ. އާއްމުކޮށް ދިރިއުޅުމުގެ ކަންކަމުގައި ބައިވެރި ވެވޭނީ ވެކްސިން ފުރިހަމަ ކޮށްގެން،" ބިލް ބުންޏެވެ.
މި ބަދަލުތަކަށް އަމަލުކުރަން ކުރިއަށް އޮތް ހަފްތާތަކުގައި ފެށޭއިރު، އެމެރިކާގެ ވިޔަފާރިތަކުން މުވައްޒަފުން ވެކްސިން ޖެހުމަށް އަންނަނީ މަޖުބޫރު ކުރުވަމުންނެވެ.
ނިއު ޔޯކްގެ 55 ޕަސެންޓް އާބާދީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، މިއީ މުޅި އެމެރިކާގެ ޖުމްލަ ވެކްސިން ރޭޓަށް ބަލާއިރު މަތީ ރޭޓެކެވެ.
ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލުތަކާއެކު އެމެރިކާގެ ނެޝަނަލް ރެސްޓޯރެންޓް އެސޯސިއޭޝަންއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނިއު ޔޯކްގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ވެކްސިން ފުރިހަމަކުރާ މީހުންނަށް އަންނަނީ ގިނަ ލުއިތަކެއް ދެމުންނެވެ. -- ސީއެންއެން
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					