ބޮލީވުޑްގެ ތަރިންނާއި އެއްފަދައިން އިންޑިއާގެ ޓީވީތަކުގެ ޑްރާމާތަކުގައި މަސައްކަތްކުރާ ތަރިންނަކީ ވެސް މަގުބޫލުކަމެއް ހޯދާފައިވާ ބައެކެވެ.

ޓީވީ އިންޑަސްޓްރީއަކީ ކުޑަ ސްކްރީނެއް ކަމަށް ގަބޫލު ކުރެވުނަސް މިދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރި ފަންނާނު ފަހު ބޮލީވުޑް ފިލްމުތަކުން ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ބޮލީވުޑްގައި މަސައްކަތް ކުރާ ފަންނާނު ވެސް ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ތަން މިހާރު ފެނިގެންދެ އެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ތަރިންނަށް ވުރެ ބޮޑު މުސާރަ ޓީވީ ޑްރާމާތަކުގައި މަސައްކަތް ކުރާ ތަރިންނަށް ލިބިގެންދެ އެވެ. ޑްރާމާތައް އެތައް ދުވަސްތަކަށް ދިގު ދެމިގެންދާއިރު ޓީވީ ތަރިން ކޮންމެ އެޕިސޯޑަކަށް އެ ތަރިންނަށް މުސާރަ ލިބިގެންދެ އެވެ.

އެގޮތުން ޓީވީ ތަރިން ތެރޭގައި އެންމެ ބޮޑު މުސާރައެއް ލިބޭ ތަރިންނަށް ބަލާލާއިރު..

ރާމް ކަޕޫރު

ރާމް ކަޕޫރު

ޓެލެވިޒަން އަދި ފިލްމު އިންޑަސްޓުރީގައި މަގުބޫލްކަން ހޯދާފައިވާ ތަރި ކަމަށްވާ ރާމް ކަޕޫރުގެ ނެޓްވޯތް އަކީ ދެ މިލިއަން އެވެ. ރާމަށް އެންމެ މަގުބޫލު ކަމެއް ލިބިގެންދިޔައީ ސޯނީ ޓީވީއިން ދެއްކި ޑްރާމާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އިން ނެވެ. އެޕިސޯޑަކަށް 125،000 އާއި 150،000 ދެމެދު ރުޕީސް އާމްދަނީގެ ގޮތުގައި ރާމް ކަޕޫރައް ލިބެ އެވެ.

ކަޕިލް ޝަރުމާ

ކަޕިލް ޝަރުމާ

ކަޕިލް އަކީ އިންޑިއާގައި ހުރި އެންމެ މަޝްހޫރު ކޮމޭޑިއަން އެވެ. މީގެ އިތުރުން އޭނާ ހުށަހަޅައިދޭ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ވެސް ދިވެހިންގެ މެދުގައި ވެސް މަގުބޫލު ކަމެއް ހޯދާފައިވާ ޝޯއެކެވެ.

ކޮވިޑާ ގުޅިގެން އެޝޯ މެދުކަނޑާލުމަށް ފަހު މިހާރު ކަޕިލް ދަނީ އެޝޯ އަލުން ފެށުމަށް ތައްޔާރު ވަމުންނެވެ.

ކަޕިލް ހުށަހަޅައިދޭ ކޮންމެ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ އެޕިސޯޑަށް ހަ މިލިއަނާއި އަށް މިލިއަނާ ދެމެދު ރުޕީސް އާމްދަނީގެ ގޮތުގައި ލިބެ އެވެ.

ހިނާ ޚާން

ހީނާ ޙާން

ޓީވީގެ އެންމެ ގިނަ ދުވަސްވީ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ސީރީޒް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މި ދާއިރާއައް ނުކުތް ހިނާ ޚާންގެ ނެޓް ވޯތް ފަސް މިލިއަން ރުޕީސް އަށް އަރާނެ އެވެ.

އަކްޝަރާގެ ރޯލްއިން މަޝްހޫރުކަން ހޯދި ހިނާ އަށް 1،00،000 އާއި 1،25،000 ދެމެދުގެ ރުޕީސް މުސާރައެއް އެޕިސޯޑަކަށް ލިބެ އެވެ.

ސާކްޝީ ތަންވަރާ

ސާކްޝީ ތަންވަރާ

"ކަހާނީ ގަރް ގަރް ކީ" އިން މަޝްހޫރު ކަމެއް ހޯދި ސާކްސީ ތަންވާރާއަކީ މިހާރު ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އަދި ސޯނީ ޓީވީ އިން ދެއްކި "ބަޅޭ އައްޗޭ ލަގްތޭ ހޭ" އިންވެސް ސާކްސީ ވަނީ ފެނިގެން ގޮސްފަ އެވެ.

ބޮލީވުޑް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ ސާކްޝީއަށް އޭނާ ކުޅޭ ޑްރާމާގެ އެޕިސޯޑަކަށް 1،25،000 އާއި 1،50،000 ދެމެދު ރުޕީސް ލިބިގެންދެ އެވެ.

ދިވްޔަންކާ ތްރިޕާޓީ އަދި ކަރަން ޕަޓޭލް

ދިވްޔަންކާ ތުރިޕާޓީ އަދި ކަރަން ޕަޓޭލް

އެކްތާ ކަޕޫރުގެ ޕްރޮޑަކްޝަން ބެނާގެ ދަށުން ގިނަ ސީރީޒްތަކެއްގައި މަސައްކަތްކޮށް އެވޯޑްތަކެއް ހާސިލްކޮށްފައިވާ ކަރަން މި ދާއިރާއަށް ނުކުމެފައި ވަނީ "ކަހާނީ ގަރް ގަރް ކީ" އިންނެވެ.

ނަމަވެސް ކަރަން އަށް ބޮޑު މަގުބޫލް ކަމެއް ލިބިފައިވަނީ "ޔޭ ހެ މުހައްބަތޭން"ގައި ކުޅުނު ރަމަން ބައްލާގެ ރޯލް އިންނެވެ.

ކަރަން އަކީ މޮޅު އެކްޓަރެއްގެ އިތުރުން މޮޅު ނެށުންތެރިއެއް ވެސް އެވެ. ކަރަންއަށް އެ ޕިސޯޑަކަށް 1،00،000 އާއި 1،25،000 ދެމެދުގެ މުސާރައެއް ލިބެ އެވެ.

ކަރަންއާއެކު ސީރީޒް އިޝިތާގެ ރޯލުން ބޮޑު މަގުބޫލްކަމެއް ދިވްޔަންކާ ވެސް ވަނީ ހޯދާފަ އެވެ.

ބެސްޓް އެކްޓްރެސްގެ އެވޯޑު ވެސް ދިވްޔަންކާ ވަނީ އިޝީތާ ރޯލްއިން ލިބިފަ އެވެ. ދިވްޔަންކާއަށް 80,000 އާއި 100،000 އާ ދެމެދު މުސާރަ އެއް ލިބެ އެވެ.