ނިއު ޔޯކް (11 އޮގަސްޓް) - އޮފީހުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ފެންމަތިވި މައްސަލަތަކުގެ ފިއްތުންތައް ބޮޑުވެ، ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޯ ކޫމޯ މަގާމުން އިސްތިއުފާ ދީފި އެވެ.
ކުއޯމޯ ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ތެރޭގައި އޭނާ އޮފީހުން ނުކުންނާނެ ކަމަށާއި ދެން އެ މަގާމާ ހަވާލު ވާނީ ލެފްޓިނެންޓް ގަވަރުނަރު ކެތީ ހޮޗުލް ކަމަށެވެ.
އުމުރުން 63 އަހަރުގެ ކުއޯމޯ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަކަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މުވައްޒަފުންނާ ވާހަކަ ދެއްކުނު ގޮތް ރަނގަޅު ނޫން ކަމަށް އޭނާ އެއްބަސްވި އެވެ.
"އެއްވެސް މީހަކަށް ޖިންސީ ފުރައްސާރައެއް ކުރެވުނު ކަމަށް ގަބޫލެއް ނުކުރަން،" ކޫމޯ ބުންޏެވެ.
ކޫމޯއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ނިއުޔޯކްގެ ސިޔާސީ މަޝްރަހުގައި އަޑުގަދަ ނަމެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު އޭނާއަށް އޮތް ތާއީދު އައީ ކުޑަވަމުންނެވެ.
ކޫމޯގެ މި ނިންމުމާއެކު އޭނާގެ 10 އަހަރުވީ ސިޔާސީ ކެރިއަރަށް ނިމުމެއް އައީ ކަމަށް ބުނެވިދާނެ އެވެ. ކޫމޯ ވިދާޅުވީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ގަބޫލު ނުކުރި ނަމަވެސް އިސްތިއުފާ ދިނީ ނިއުޔޯކްގެ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.
ކުއޯމޯ ވަނީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އިން ބުނި 11 އަންހެން މުވައްޒަފުންގެ ކިބައިން މައާފަށް އެދިފަ އެވެ.
 މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
			މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					