އަހިވަކަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހެދިފައި ހުންނަ ގަހެއްގައި އަޅާ މޭވާ އެކެވެ.
އަހިގަސް ހެދުމަށް މާބޮޑު ކަމެއް ކުރަން ނުޖެހުނަސް އަހިވަކު ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދެ އެވެ. އަހި ގަސް އާންމު ގޮތެއްގައި ހެދެނީ 10-20 ވަރަކަށް ފޫޓު އުސްމިނެއްގައި އެވެ. މި ގަހުގައި އަޅާ މާ ވެއްޓޭއިރު މޭވާއަށް ބަދަލުވެ އެވެ. މި ގަހުގައި އަޅާ މާ މޭވާއަކަށް ބަދަލުވާއިރު ހުންނަނީ ގަދަފެހި ކުލައެއްގަ އެވެ. އަހިވަކަކީ ހުތް ފޮނި އަދި ކުޅި ރަހައެއްލާ، ގަދަވަހެއް ދުވާ މޭވާ އެކެވެ. މިމޭވާ ދޮންވުމުން މަޑު ރީނދޫ ކުލައަކަށް ބަދަލުވެ އެވެ.
އަހިވަކަކީ އާތްރައިޓިސް ބަލި ހުންނަ މީހުންނާއި، ހުޅުތަކުގައި ރިއްސާ މީހުން އަދި ބައެއް ކަހަލަ އެލާޖިކްތަކުން ސަލާމަތްވުމަށް ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. އަދި މޭއެންދުމުގެ މައްސަލަތަކަށް ވެސް ބޭނުންކުރެވެ އެވެ.
އަދި މީގެ އިތުރުން ހަނގަޑުގައި ބުންވަރު އިތުރު ކުރުމަށް ވެސް އަހިވައް ބޭނުން ކުރެވިދާނެ އެވެ. އަހިވަކުން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެ އެވެ.
އަހިވަކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބޭނުން ކުރަން ވަރަށް ރަނގަޅު މޭވާ އެކެވެ. ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް އަހިވަކު ޖޫސް ބޮވުމުގެ ސަބަބުން މަދު ކޮށްދެ އެވެ. އަދި މީގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު 45 އިންސައްތަ ކުޑަ ކޮށްދެ އެވެ.
އަހިވަކުން ލިބިދޭ އިތުރު ގިނަ ފައިދާތަކެއް ހުރިއިރު ފަސޭހައިން ލިބެން ހުންނަ މި މޭވާ ކެއުމުގައި ބޭނުން ކުރަމާތޯ އެވެ.