ކާބުލް (13 އޮގަސްޓް) - އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ކަންދަހާރު ތާލިބާނުންގެ އަތްދަށަށް ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިއީ އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބާލަން ފެށި ފަހުން އެ ގައުމުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުނެވިދާނެ އެވެ.

ވަރުގަދަ ހަމަލާތަކަކަށް ފަހު ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ތާލިބާނުން ކަންދަހަރު ހިފާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ޔަގީން ކޮށްދީފައި ވާއިރު، އެ ޖަމާއަތުން ވަނީ އޭގެ ކުރިން އެކަން އިއުލާންކޮށްފަ އެވެ.

ކަންދަހާރު ތާލިބާނުންގެ އަތްދަށަށް ގޮސްފައި ވީނަމަވެސް އެ ސަރަހައްދުގެ އެއާޕޯޓު އަދިވެސް ހިންގަނީ ސަރުކާރުންނެވެ.

ކަންދަހަރުގެ އެއާޕޯޓަކީ 20 އަހަރު ވަންދެން އެމެރިކާއިން އެ ގައުމުގައި ކުރިއަށް ގެންދިޔަ މިޝަންގައި ބޭނުންކުރި ދެވަނައަށް އެންމެ ބޮޑު ބޭސް އެވެ. -- އަލް އަރަބިއްޔާ