އަޝްގަަބަތު ( 14 އޮގަސްޓް) - ތުރުކަމަނިސްތާނުގެ ރައްޔިތުން ގޭގެއަށް އިންޓަނެޓް ކަނެކްޝަން ގުޅަން ބޭނުން ނަމަ ހަތިމުގައި އަތްލައި ހުވާކުރަން ޖެހޭގޮތް ހަދައިފި އެވެ.

މި ހުވާކުރުވަނީ އިންޓަނެޓު މެދުވަރިކޮށް ބޭ އަދަބީ ވެބްސައިޓުތަކާއި މަނާކޮށްފައިވާ ވެބްސައިޓްތަކަށް ނުވަނުމަށް އަހުދު ކޮށްފަ އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އިންޓްނެޓްގެ ހިދުމަތަށް އެދިފައިވާ ބައެއް ކަސްޓަމަރުންނަށް ހިދަމަތްދޭ ކުންފުނިތަކުން ވަނީ ދުވަހަކު ވެސް ވީޕީއެން ބޭނުން ނުކުރާނެކަމަށް ހަތިމުގައި އަތްލައި ހުވާކުރަން އަންގާފަ އެވެ.

"އަހަންނަށް އިންޓިނެޓްގެ ހިދުމަތް ލިބުނީ އެއް އަހަރު ދުވަހުގެ މަސައްކަތަށް ފަހު. މިހާރު އަންގާފައި ވަނީ ވީޕީއެން ބޭނުން ނުކުރަން ޚަތިމުގައި އަތްލައި ހުވާކުރަން. އެކަމަކު ވީޕީއެން އާ ނުލައި އެއްވެސް ޚިދުމަތެއް ނުލިބޭ،" އެ ގައުމުގެ ރައްޔިތަކު ބުންޏެވެ.

ދަ ޓައިމްސް ނޫހުން ރިޕޯޓްކުރާ ގޮތުގައި ތުރުކަމަނިސްތާނުގެ ގޭބިސީތަކުގެ ތެރެއިން އިންޓަނެޓްގެ ޚިދުމަތް ލިބެނީ ހަތަރުބައިކުޅަ އެއްބައި ގޭ ބިސީތަކަށެވެ.

ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ ފޭސްބުކާއި ޓުވިޓާ ފަދަ ވެބްސައިޓްތައް ހިމެނޭގޮތަށް ގިނަ ވެބްސައިޓްތަކެއް މަނާކޮށްފަ އެވެ. މި ސަބަބަށްޓަކައި އެ ގައުމުގެ ރައްޔިތުން ވެބްސައިޓްތަކަށް ވަނުމަށް ބޭނުން ކުރަނީ ވީޕީއެން އެވެ. -- އަލް އަރަބިއްޔާ