އިނގުރު ސަޔަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. އިނގުރު ސައިފަތް ޕެކެޓް ވެސް ބާޒާރުގައި މިހާރު ލިބެން ހުރެ އެވެ. ފެން ފޮދެއްގެ ތެރެއަށް އިނގުރު ކޮޅެއް ގާނާ ނުވަތަ ކޮށާލުމަށްފަހު އަޅާ ރަނގަޅަށް ކައްކާލުމުން އިނގުރު ސައި ތައްޔާރު ކުރެވުނީ އެވެ. މި ބުއިމުގައި ކޮންމެވެސް ވަރަަކަށް ކުޅި ރަހަ އެކުލެވިގެންވެ އެވެ.
އިނގުރު ސައިގެ ސަބަބުން ލިބޭ ސިއްހީ ފައިދާތަކަށް ބަލާއިރު ކާބޯތަކެތި ހަޖަމް ކުރުމަށް މި ސައި އެހީތެރިވެދެ އެވެ. މޭނުބައިކުރާ ވަގުތުތަކުގައި ވެސް އިނގުރު ސައި ތައްޓެއް ބޯލުން އެކަމަށް ހައްލު ލިބިގެންދާނެ އެވެ.
ކިޑްނީ އަށް ދިމާވާ ސިއްހީ ނުރައްކާތެރި ކަންކަމަށް ވެސް މި ސައި ބުއިމުގެ ސަބަބުން ރައްކާތެރިކަން ލިބިދެ އެވެ. އަދި ހަމައެހެންމެ ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ވެސް އިނގުރު ސައި އެހީތެރިވެދެ އެވެ.
މީގެ އިތުރުން އިނގުރު ސައި ބުއިމުގެ ސަބަބުން ލިބޭ ސިއްހީ އިތުރު ފައިދާ އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ބާރުއަޅާ އެއްޗެއް ކަމަށްވުމެވެ. 2017 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން ދުވާލެއްގެ މައްޗަށް އިނގުރު ބޭނުންކުރާ މީހުންގެ ލޭ މައްޗަށް ދިޔަނުދީ ކޮންޓްރޯލް ކުރެވެ އެވެ.
ބޮލުގައި ރިއްސުމާއި މައިގްރޭން އަށްވެސް އިނގުރަކީ ރަނގަޅު ފަރުވާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން ގަވާއިދުން ދުވާލަކު އެއް ފަހަރު އިނގުރު ސައި ބޭނުން ކުރާނަމަ ބޮލުގައި ރިހުމަށާއި މައިގްރޭންއަށް ހައްލު ލިބިގެންދާނެ އެވެ.