އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19ގެ ޕީސީއާރު ޓެސްޓް ހަދައިދޭ އަދަދު އިތުރުކޮށް، އެ ޚިދުމަތަށް ނަގާ އަގު މާދަމާއިން ފެށިގެން ހެޔޮކުރަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހަދަމުން އަންނަ ލެބޯޓްރީގައި ގާއިމުކުރި ފުރިހަމަ އޮޓޮމޭޓެޑް ރޯޗް ލައިޓް ސައިކްލާ 480ގެ ޕީސީއާރު ސިސްޓަމާއެކު ކޮވިޑް ޓެސްޓް ހެދުމުގެ ޚަރަދު ކުޑަވެފައިވާ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރު ޓެސްޓުގެ އަގުތައް:

  • ދިވެހިންނަށާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް 1،200ރ. އަށް
  • ޓޫރިސްޓުންނަށް 80 ޑޮލަރު (1،233ރ.) އަށް

އެ ހޮސްޕިޓަލުން މިހާތަނަށް ކޮވިޑް ޓެސްޓް ދިވެހިންނަށް ހަދައިދެނީ 1،500ރ. އަށެވެ. އަދި ޓޫރިސްޓުންނަށް ޓެސްޓް ހަދައިދެނީ 110 ޑޮލަރަށެވެ.

އޭޑީކޭ އިން ބުނީ މިހާރު ދުވާލަކު 2،500 ޕީސީއާރު ޓެސްޓް ހެދުމުގެ ގާބިލްކަން އެ ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އޭޑީކޭގެ އިތުރުން އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ޕީސީއާރު ޓެސްޓް ހަދައިދެ އެވެ.