ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިއަދު ފެށިފައިވާއިރު މި ދައުރަށް ސަރުކާރުން 32 ބިލެއް ހުށައަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައި. އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނޭ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިއަދު ފެށިފައިވާއިރު މި ދައުރަށް ސަރުކާރުން 32 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން މިއަދު ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެ އެވެ.

މި ބިލުތަކުގެ ތެރޭގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ފޮރިން އިންވެސްޓްމެންޓް ބިލާއި، މޯލްޑިވްސް ހެލްތް ސާވިސަސްގެ ބިލާއި، ހައްޖާއި އުމްރާގެ ކަންތައްތައް އިންތިޒާމް ކުރުމާބެހޭ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އުސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލީ މަސައްކަތުގެ 39 ޕަސެންޓް ނިންމާފައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ. އެގޮތުން ނިމިދިޔަ ދައުރުގައި ހުށަހެޅި 25 ބިލްގެ ތެރެއިން ނުވަ ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވެ އެވެ.

ދެވަނަ ދައުރުގައި މަޖިލީހުން ފާސްކުރި މުހިންމު ބިލްތަކުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ރެވެނިއު ސްޓޭމްޕް އުވާލުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިން ފުލުހުންގެ ޚިދުމަތުގެ ބިލު ހިމެނެ އެވެ.