ޅ. ތިލަމާފުށީގައި ތަރައްގީކުރި "ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" ހުޅުވައިފި އެވެ.

މިމަހުގެ އެއް ވަނަ ދުވަހު އެ ރިސޯޓް ހުޅުވީ އެއާޕޯޓުން ސީޕްލޭނެއްގައި ފުރައިގެން 35 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށެއްގަ އެވެ.

މި ރިސޯޓުގައި 141 ވިލާ ހަދާފައިވާއިރު، އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ވިލާތައް ވެސް ހަދާފައިވެ އެވެ. އަދި ދެ އިންފިނިޓީ ޕޫލް ވެސް ރިސޯޓުގައި ހުރެ އެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ ޕެސިފިކް އޭޝިއާ ޑިވިޝަންގެ ރައީސް ރާޖްވީރް މެންނޮން ވިދާޅުވީ މިއީ މި އަހަރު ރާއްޖޭގައި ހުޅުވި މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ރިސޯޓު ކަމަށެވެ. މެރިއޮޓް އިންޓަނޭޝަނަލް އިން މި އަހަރު މާލެ އަތޮޅު ހިއްކައިގެން ފަރި އައިލެންޑުގައި ވެސް ރިސޯޓެއް ހުޅުވާފައިވެ އެވެ.

އެ މެރިއޮޓް އެންމެ އަގުބޮޑު އެއް ބްރޭންޑް "ދަ ރިޒް ކާލްޓަން"ގެ ރިސޯޓެކެވެ.

ޅ.ތިލަމާފުށީގައި ހުޅުވި ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ... ފޮޓޯ: މެރީޑިއަން

މި ރިސޯޓު ހުޅުވުމުން ޅ. އަތޮޅުގައި ހުޅުވާފައިވާ ރިސޯޓުގެ އަދަދު މިވަނީ ނުވައަކަށް އަރައިފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ އެވެ.