މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާލާއިރު މިނީ ބޭގްސް ނުވަތަ މައިކްރޯ ބޭގްސްއަކީ އެންމެ ވައިގައި ހިފާފައިވާ އަތް ދަބަހުގެ ފެޝަން އެވެ. ސައިޒުން ކުޑަ ނަމަވެސް މި ދަބަހަކީ އާއްމުކޮށް ބޭނުންކުރާ ތަޅުދަނޑިއާއި ލިޕް ބާމްއެއްގެ އިތުރުން ކްރެޑިޓް ކާޑުތައް ލެވޭނެ ވަރުގެ ދަބަހެކެވެ.

ކުރީގެ ފެޝަންތައް މިއަދުގެ ދުނިޔޭގައި މަގުބޫލުވާން ފަށާފައިވާއިރު އެލިސްޓަށް އެންމެ ފަހުން އިތުރުވި ބޮޅަކީ މިނީ ބޭގްސް އެވެ. މި ފަހަކަށް އައިސް އަންހެނުންގެ ވޯޑްރޯބްގައި އާއްމުކޮށް ފެންނަ މި ވައްތަރުގެ ދަބަސް މިހާރު ވެފައި ވަނީ ގެންގުޅެން ފަސޭހަ އެންމެ "ޓްރެންޑިންގް" ފެޝަން އަށެވެ.

މިނީ ބޭގްސްގެ މަގުބޫލުކަން ފަހަކަށް އައިސް ވަނީ އިތުރުވެފައި

މިނީ ބޭގްސްގެ އެންމެ ބޮޑު ހާއްސިއްޔަތަކީ އެއީ ކޮންމެ ހެދުމަކާއެކު، ކޮންމެ ހަފްލާއަކަށް ނަމަވެސް ބޭނުން ކުރެވިދާނެ ދަބަހެއް ކަމެވެ. ޕާޓީއަކަށް ވިޔަސް، އޮފީހަށް ވިޔަސް ނުވަތަ ބައިވެރިޔާއާއެކު ކެއުމަކަށް ވިޔަސް މިނީ ބޭގަކީ ހަމަ އެންމެ ގުޅޭ ރީތި ދަބަހެކެވެ.

މި ދަބަސްތަކުގެ މަގުބޫލުކަން އިތުރުވެފައިވަނީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން އެ ދަބަސްތައް ބޭނުން ކުރަމުން ދާތީ އެވެ. އެގޮތުން ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ ގިނަ ފެނިލުންތަކެއްގައި އޭނާ ވަނީ އެކި ކަހަލަ ހެދުންތަކާއެކު މިނީ ބޭގް ބޭނުން ކޮށްފަ އެވެ.

މިނީ ބޭގްސްގެ މަގުބޫލުކަން ފަހަކަށް އައިސް ވަނީ އިތުރުވެފައި

އެންމެ ފަހުގެ ފެޝަންތަކަށް ލޯބި ކުރާނަމަ މިނީ ބޭގްއަކީ ތިބާގެ ވޯޑްރޯބަށް އިތުރު ކުރަން ވެފައި އޮތް އެއްޗެކެވެ. ގެންގުޅެން ފަސޭހަ ވެފައި ނަލަ ވާނެ އެވެ.