ބޮލީވުޑްގެ މަޝްހޫރު ތަރި ސާރާ އަލީ ޚާންގެ ފިލްމު "ގޭސްލައިޓް"ގެ ރޯލަކަށް ޗިތުރަންގްދާ ސިންގް ސޮއި ކޮށްފި އެވެ.

މިކަން ވަނީ ފިލްމްގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޔަގީން ކޮށްދީފަ އެވެ.

ޗިތުރަންގްދާއަކީ ބޮލީވުޑްގެ ފިލްމް ތަކުން މަދުމަދުން ފެންނަ ތަރިއެކެވެ. ގިނަ އިން ފެންނަމުންދަނީ ވެސް ސަޕޯޓިންގެ ރޯލުތަކުންނެވެ. ނަމަވެސް އޭނާ ވަނީ ބޮޑެތި ފިލްމް ތަކުގައި އޭ ލިސްޓްގެ ތަރިންނާ އެކު މަސައްކަތް ކޮށްފަ އެވެ.

ޗިތުރަންގްދާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު "ބާޒާރް"އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ "ބޮބް ބިސްވާސް" އެވެ. މި ފިލްމުން އޭނާ ފެނިގެން ދާނީ އަބީޝެކް ބައްޗަންއާ އެކުގަ އެވެ.

https://www.instagram.com/p/CT6bga0oyNZ/

ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އުފައްދާ މި ފިލްމުގައި ސާރާ އާއެކު ލީޑު ރޯލު ކުޅޭނީ ދީޕިކާ ޕަދުކޯން އާއެކު "ޗަޕާކް" ކުޅުނު އެކްޓަރު ވިކްރަންތު މަސީ އެވެ. މިއީ މި ދެތަރިން އެކުގައި ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ޝޫޓިން ފަށާ މި ފިލްމުގައި ސީނިއާ އެކްޓަރެއްވެސް ހަރަކާތްތެރިވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ވިކްރަންތު އެންމެ ފަހުގެ ފިލްމުތަކަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި "14 ޕޭރޭ" އާއި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ހަސީން ދިލްރުބާ" އެވެ.

https://www.instagram.com/p/CSoQWsvJ5qu/

މިދިޔަ އަހަރު "ކޫލީ ނަމްބަރު 1" އާއި "ލަވް އާޖް ކަލް" އިން ފެނިގެން ދިޔަ ސާރާގެ އެންމެ އަވަހަށް ރިލިޒްވާން އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ދަނޫޝްއާ އެކު ކުޅެފައިވާ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" އެވެ.

https://www.instagram.com/p/CTwp8Z8Iy7S/

ދެހާސް އަށާރަވަނަ އަހަރު އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު އާއެކު ބޮލީވުޑަށް ތައާރަފްވި ސާރާ ސޮއިކޮށްފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްތާ" އާއި ވިކީގެ ކޮއްކޮ ސަނީ ކޯޝަލްގެ "ނަކްރޭވާލީ" ހިމެނެ އެވެ.