ހުދު ހަނޑުލަކީ އަހަރުމެންގެ ކެއުމުގައި ވަރަށް އާއްމުކޮށް ބޭނުން ކުރާ ބާވަތެކެވެ. ނަމަވެސް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ހުދު ހަނޑުލުގެ ބަދަލުގައި މުށި ހަނޑޫ ބޭނުން ކުރުމަކީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.
ބަރުދަން ލުއިކުރަން އެހީވެދޭ
ފައިބާ ގިނައިން އެކުލެވޭ ކާނާތަކަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ކެއުންތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މުށި ހަނޑުލުގައި ހުދު ހަނޑުލަށް ވުރެ ހަގުނަ އިތުރަށް ފައިބާ އެކުލެވިގެންވެ އެވެ.
ބަނޑުހައިވުން ކުޑަކޮށްދޭ
މުށި ހަނޑޫ ބޭނުން ކުރުމަކީ ގިނަ އިރު ވަންދެން ބަނޑުފުރިފައި ހުންނަ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. އެހެން ކަމުން ގަވާއިދުން މުށިހަނޑޫ ބޭނުން ކުރާނަމަ ސިއްހަތަށް ގެއްލުން ހުރި ކެއުންތައް ކެވުން މަދުވާނެ އެވެ.
ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ
ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާއެއް ކަމަށްވާ ސެލީނިއަމް އަކީ މުށި ހަނޑުލުން ވަރަށް ގިނައިން ލިބިދޭނެ މާއްދާ އެކެވެ. ދުޅަހެޔޮ ހިތުގެ ސިއްހަތަކަށްޓަކައި މުށި ހަނޑުލަށް ބަދަލު ކުރާށެވެ.
ކަށިތައް ވަރުގަދަ ކޮށްދޭ
މުށި ހަނޑުލުގައި ގިނަ އަދަދަކަށް އެކުލެވޭ ކެލްސިއަމްއަކީ ކަށީގެ ސިއްހަތަށް ވަރަށް ފައިދާހުރި މާއްދާ އެކެވެ. ކަށިތަކުގައި ރިހުމާއި ބަލިވުމަށް މިއީ ފަރުވާއަކަށް ވެދާނެ އެވެ.
ކޮލެސްޓްރޯލް ދަށް ކޮށްދޭ
މުށި ހަނޑުލަކީ އެކި ވައްތަރުގެ ގުދުރަތީ ތެޔޮތައް އެކުލެވޭ ބާވަތަކަށް ވުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ދަށްކޮށްދީ އެއްވަރެއްގައި ހިފެހެންޓުމަށް އެހީވެދެ އެވެ.