ކޮވިޑް ޖެހިގެން ށ. އަތޮޅުން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މަރުވެފައި ވަނީ ށ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރު 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މަހު ކޮވިޑް ބަލީގައި މަރުވި ފަސް ވަނަ މީހާ އެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 231 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 214 ދިވެހިންނާއި 17 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މިއަހަރުގެ މެއި މަހު އެވެ.
2 އަހަރަށްފަހު ވިލް ސްމިތު ފިލްމީ މަސައްކަތަށް!
"ބަޓްވާރާ 1947" ފެއިލްވީ ފިލްމުގައި ސަނީއަކީ މުސްލިމަކަށް ވުމުން؟
ފުވައްމުލަކުގައި އެކްސިޑެންޓެއް: ދެ ކާރާއި ސައިކަލަކަށް ގެއްލުން