ރާއްޖެއިން މިއަދު އިތުރު 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހީންނާއި 37 ބިދޭސީންނެވެ. އެ ނަތީޖާ އައީ 1،801 ސާމްޕަލް ޓެސްޓު ކުރުމުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރޭގެ ތިން ކޭހެވެ. ބާކީ ތިބި މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 11،316 އެވެ. އޭގެތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 988 އެވެ. އޭގެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 38 މީހަކަށެވެ. އެ ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 37 މީހެކެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި އަތޮޅުތަކުން 21 ރަށެއްގައި 73 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި 18 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 26 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.