ތެހްރާން (07 އޮކްޓޯބަރު) - ސައޫދީ އަރަބިއާއާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަން ވިދާޅުވެއްޖެ އެވެ.

ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށާއި މަޝްވަރާތައް ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.

"އަހަރެމެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބައެއް ދާއިރާތަކުން އެއްބަސްވުންތަކަކަށް ވަނީ އާދެވިފައި،" އާމިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނާއި ސައޫދީ އަރަބިއާގެ މަޝްވަރާތައް ކުރިއަށް ދަނީ ސަރަހައްދީ ސުލްހައަށް ވިސްނައިގެން ސަރަހައްދުގެ ކުރިއެރުމަށް ކަމަށެވެ.

އީރާނާއި ސައޫދީ އަރަބިއާގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފައި ވަނީ 2016 ވަނަ އަހަރު އީރާނުގެ ކުރީގެ ސަރުކާރުގަ އެވެ.

ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެދެވިގެންވާ ކުރިއެރުން ލިބެމުން އަންނަ ކަމަށް އީރާނުން ބުނި ނަމަވެސް ސައޫދީ އަރަބިއާއިން ބުނީ މަޝްވަރާތަކާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ. – އަލް އަރަބިއްޔާ