ގުޅީފަޅު ކައިރީގައި އަޅާފައި އޮތް ބޯޓަކުން ވެއްޓި ބޯފަޅައިގެން ދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ މީހާ 12:10ގައި އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 64 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ގުޅީފަޅާ ދިމާލުން ބޭރުގައި ބަނދަރުކޮށްފައި އޮތް “ވިކްޓޯރިއާ 267” އިން ވެއްޓި އެމީހާގެ ބޯފަޅައިގެން ދިޔުމާއި ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔައީ އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:15 ހާއިރު ކަމަށެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗާ ދިމާލުން މޫދުގައި ވެސް މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިފައި ވެ އެވެ.