ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ހިކަނދި ފަތަކީ ހަމައެކަނި ކެއްކުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނެެވެ. ހަށިގަނޑަށް ލިބޭ ފައިދާގެ އިތުރުން އެހެން ފައިދާތައް ވެސް ހިކަނދި ފަތުން ހޯދި ދާނެ އެވެ. ހާއްސަކޮށް އިސްތަށިގަނޑުގެ ސިއްހަތަށް މިއީ ރަނގަޅު އެއްޗެކެވެ.

ބޮލުގައި ހަންފޮޅި އިސްތަށި ފައިބާ، އިސްތަށިގަނޑު ނުރަ ވާނަމަ ހިކަނދިފަތާއި ކާށި ތެޔޮ ބޭނުން އެއްކޮށްގެން ބޭނުން ކުރާށެވެ. ކާށި ތެޔޮ އަދި ހިކަނދިފަތަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ، އަދި އިސްތަށިގަނޑަށް އަރާ ފުސްކަން ފިލުވާލުމަށް ރަނގަޅު ފަރުވާ އެކެވެ. މާގިނައިން އިސްތަށި ފައިބާނަމަ ހިކަނދިފަތް އަދި ކުޑަ ކިރު ކޮޅަކާއި އެއްކޮށް އޮލަކޮށް ގިރާލުމަށް ފަހު އިސްތަށިގަނޑުގައި ހާކާށެވެ.

އޭގެ އިތުރުން މޫނުގައި ބިހި ނަގާނަމަ ކުޑަ ރީދޫ ކޮޅަކާއި މުގުރާފައި ހުރި ހިކަނދިފަތްކޮޅެއް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާށެވެ. ބޭނުންނަމަ ފޭސްޕެކެއް ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ، ފޭސްޕެެކެއްގެ ގޮތުގައި ބޭނުން ކުރާނަމަ ރޯޒް ވޯޓާ ފޮދެއް އިތުރަށް އެއްކޮށްލެވިދާނެ އެވެ.

ހިކަނދިފަތް އަހަރެމެން އާންމުކޮށް މި ބޭނުން ކުރަނީ ކެއްކުމުގަ އެވެ.ނަމަވެސް ވިސްނާލައިފި ނަމަ އެއީ އެކި ގޮތްގޮތުން އަހަރުމެންނަށް ބޭނުން ކުރެވިދާނެ ބާވަތެކެވެ.