އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި އޮތްވައި ފެނުނު މީހާ މާރާލާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިރޭ ބުނީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

"އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި،" ފުލުހުން ބުންޏެވެ.

ނަމަވެސް އެއީ ކާކު ކަމެއްކަން އަދިވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ. އަދި މަރުވެފައި ވަނީ 31 އަހަރުގެ ދިވެއްސަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.