ޓުވިޓާގައި ހަދާފައިވާ އެލެކްސް އަހުމަދު އެކައުންޓަކީ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
"އަނެއް ދިވެހިރާއްޖެ" ނަމުގައި ހަދާފައިވާ ހޭންޑަލްގެ ވެރިފަރާތަކީ އެމަނިކުފާނުކަމަށް ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަދި އެ އެކައުންޓަކީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓެއް ކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެ އެކައުންޓުން ވިދާޅުވާ ބަސްފުޅަކީ ރަސްމީކޮށް ވިދާޅުވާ އެއްޗިއްސެއް ނޫން ކަމަށެވެ.
އެ އެކައުންޓަކީ ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓު ކަމުގައި އެލެކްސް ގެ ޓުވީޓެއްގައިވެސް ބުނެފައިވެ އެވެ. އަދި މި އެކައުންޓަކީ ރައީސް ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ކަމަށް އެމަނިކުފާނު ރަސްމީކޮށް އެފަދައިން ބުނުމުގެ ކުރިންވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ހުޅުމާލެ ފޭސް2 ގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކްރިސް ޖެނާއަށް 70 އަހަރު ފުރިއްޖެ
މައްސަލަ ހުށަހެޅުމުން ޝިފާނަށް އެކަން ގޯސްވެއްޖެ
