މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީއަކީ އަސާސީ ހިދުމަތެކެވެ. ސްމާޓް ފޯނެއް ނުގެންގުޅޭ މީހަކު ވެސް މަދުވާނެ އެވެ. އަދުގެ ހާލަތު ނިޔާކުރާ ގޮތުން ސްމާޓް ފޯނުތައް ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާއިރު ހަމަ އެފޯނުން އަހަރުމެންގެ ސިއްހަތަށް ކުރާ އަސަރުތައް ވެސް ބަލާލަން ޖެހެ އެވެ.

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ސްމާޓް ފޯނު ބޭނުންކުރުމުގެ ސަބަބުން އަހަރުމެންގެ ހަމަށް ލިބޭ ބައެއް ގެއްލުންތަކަށެވެ.

އެލާޖިކް ރިއެކްޝަންތަކަށް މަގުފަހިވުން

ކޮލުގެ ހަން ރަތްވެ ބިހި ނަގާނަމަ އެއީ ސްމާޓް ފޯނުގެ ސަބަބުން ކުރިމަތިވާ ކަމެއްކަމުގެ ބޮޑު ފުރުސެއް އެބަ އޮތެވެ. ގިނަ ފޯނުތަކުގެ ސްކްރީންގައި ހުންނަ ކްރޯމިއަމް ކިޔާ މާއްދާއެއްގެ ސަބަބުން ހަން އެލާޖިކްވުމަށް މަގުފަހިވެ އެވެ.

ހައްލު: ފޯނުގެ ސްކްރީންގައި ޕްރޮޓެކްޓިވް ގްލާސްއެއް ލާށެވެ. ފޯނު ރައްކާތެރިކޮށް ދިނުމުގެ އިތުރުން ތިބާގެ ހަމަށް ވެސް އަސަރު ކުރާނެ އެވެ.

މާ އަވަހަށް ހަމުގައި ރޫޖެހުން

ހަމުގައި ރޫޖެހި ވްރިންކަލްސް ނެގުމަކީ އުމުރާއެކުވާ ކަމެއް ނަމަވެސް ސްމާޓް ފޯނަކަށް މާގިނައިރު ބަލަން ހުރެއްޖެނަމަ ލޮލުގެ ކައިރީގައި ރޫޖެހި، ކަރުގެ ހަން ދޫވާ ގޮތްވެ އެވެ. ދެބުމަ ދޭތެރޭގައި ރޫހުރުމަކީ ވެސް މާ ގިނައިން ފޯނު ބޭނުން ކުރެވޭ ކަމުގެ ނިޝާނެކެވެ.

ހައްލު: ފޯނު ބޭނުންކުރާއިރު، ލޮލާ އެއްހަމަ އެއްގައި ބަހައްޓާށެވެ. އަދި ހަން ބާރުކޮށްދޭ ކްރީމް އާއި ލޮލުގެ ކްރީމް އުނގުޅާށެވެ

ހަން އެނދުން

ސްމާޓް ފޯނުގެ "ބްލޫ ފިލްޓާ"ގެ އަލި އިރުގެ ޔޫވީ އައްޔަށްވުރެ މާ އަވަހަށް ހަމުގެ ތެރެއަށް ވަދެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ތިންގަޑިއިރު ފޯނު ބޭނުން ކުރުމުންނާއި އަށްގަޑިއިރު އިރުގެ އައްޔަށް ނުކުމެ އުޅުމުން ހަމަށް ލިބޭ ގެއްލުން ދާދި އެއްވަރެވެ.

ހައްލު: މިކަން ކުޑަ ކުރުމަށްޓަކައި ފޯނުގެ އަލި މަޑު ކުރާށެވެ. އަދި ޑާކް މޯޑް ނުވަތަ ނައިޓް މޯޑް ބޭނުން ކުރުމުން ވެސް ފޯނުގެ އަލިން ލިބޭ ގެއްލުން ކުޑަވާނެ އެވެ.