ރިޔާދް (16 އޮކްޓޯބަރު) - އީރާނުގެ އަމަލުތަކުގެ ސަބަބުން މުޅި މެދު އިރުމަތީ ސަރަހައްދުގެ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށްވާ ސައޫދީ އަރަބިއާގެ ފޮރިން މިނިސްޓަރު ވަލީއަހްދު ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވާ އީރާނުގެ ނިއުކްލިއާ ހަރަކާތްތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"މެދު އިރުމަތީގެ ސަރަހައްދު މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި. ކުރިއަށް އޮތީ ސަމާލުވާން ޖެހޭ ދުވަސްތަކެއް،" ފައިސަލް ވިދާޅުވި އެވެ.

ސައޫދީ އަރަބިއާއާ އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން ފައިސަލް ވިދާޅުވީ އެދެވިގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް މަޝްވަރާމތައް ހުއްޓާނުލާ ކުރިއަށް ދާނެ ކަމަށެވެ.

އިޒްރޭލުން ވަނީ ސަރަހައްދީ އަމާންކަމާއި ސުލްހައަށް ރަނގަޅު ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށާއި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބިގެން ކަމަށްވެސް ފައިސަލް ވަނީ ވިދާދުވެފަ އެވެ. – އަލް އަރަބިއްޔާ