ބޮލީވުޑް ފިލްމް "ދްރިޝްޔަމް"ގެ ބަތަލާ ޝްރިޔާ ސަރަން އަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާނު ކޮށްފި އެވެ.

ބޮލީވުޑްގެ އިތުރުން ސައުތު އިންޑިއާ ފިލްމީ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ބަތަލާ ޝްރިޔާއަށް އަލަތު ދަރިފުޅު ލިބިފައިވާކަން އިއުލާނު ކޮށްފައިމި ވަނީ ނުވަ މަސް ފަހުންނެވެ.

އެގޮތުން ޝްރިޔާ އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންނަށް އަންހެން ކުއްޖެ ލިބިފައިވާ ކަމަށާއި އަދި ދަރިފުޅުގެ ނަމަކީ "ރާދާ" ކަމަށެވެ.

މިހާރު ދަރިފުޅަށް ނުވަ މަސް ވެފައިވާ ކަމަށް ވެސް ޝްރިޔާ ވަނީ ބުނެފަ އެވެ. ދަރިފުޅު ރާދާއާއެކު ކުޅެ ހަދާ ވީޑިއޯތައް މިޕޯސްޓާއެކު އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/CU5GnpSsaSB/

ޝްރިޔާ ވަނީ 2018 ވަނަ އަހަރު ރަޝިއާގެ ގައުމީ ފެންވަރުގެ ޓެނިސް ކުޅުންތެރިޔާ އަދި ވިޔަފާރިވެރިއެއް ކަމަށްވާ އެންޑްރެއި ކޮސްކީވް އާ ކައިވެނިކޮށްފަ އެވެ.

ޝްރިޔާގެ ޕޯސްޓުގައި އޭނާ ވަނީ 2020 ވަނަ އަހަރުގެ ލޮކްޑައުންގެ ކަރަންޓީނުގައި ހަޔާތުގެ އެންމެ އުފާވެރިދުވަސްތައް އެ ދެމަފިރިން ހޭދަކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ޝްރިޔާ ކުޅެފައިވާ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ''އާވާރާޕަން'' އަދި އަޖޭ ދޭވްގަންއާއެކު ކުޅެފައިވާ ''ދްރިޝްޔަމް'' ފާހަގަކޮށްލެވެ އެވެ. އަދި މީގެ އިތުރުން ވަރަށް އަވަހަށް "ދްރިޝްޔަމް 2 "ގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝްރިޔާ ވަނީ ބުނެފަ އެވެ.