ނިދަން އުނދަގޫވާ ވާހަކައަކީ ވަރަށް ގިނައިން އަހަރުމެންނަށް އަޑުއިވޭ ވާހަކަ އެކެވެ. މިކަމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރި އިރު ކާ ކެއުމަކީ ވެސް ނިދި ލިބުމަށް އަަސަރު ކުރާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ނިދަން އުނދަގޫ ކުރުވާ ބައެއް ކެއުން ތަކަށެވެ.
ޑާކް ޗޮކްލެޓް
ޗޮކްލެޓަކީ ގިނަ ބައެއްގެ އަނގަ ފޫހި ފިލުވާލުމަށް ގިނައިން ކެވޭ އެއްޗެކެވެ. މަސައްކަތެއް ކުރާއިރު ނުވަތަ ފިލްމެއް ކަހަލަ އެއްޗެއް ބަލާއިރު އަތުގައި ގިނައިން އޮންނަ އެއްޗަަކަށް ޗޮކްލެޓްވެ އެވެ. ޑާކް ޗޮކްލެޓަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެެވެ. އެގޮތުން ހިތުގެ ބަލިތަކުން ދުުރުކޮށްދީ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައި ދިނުމުގެ އިތުރުން ގިނަ އަދަދަކަށް ހަށިގަނޑަށް މިނަރަލްސް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް ހަމަ އެއާއެކު ގިނަ އަދަދަކަށް ކެފެއިންވެސް ހިމެނޭ ބާވަތެކެވެ. ޗޮކްލެޓަށް ވުރެ ޑާކް ޗޮކްލެޓްގައި ކެފެއިން ހިމެނޭ މިންވަރު ގިނަ އެވެ. ނިދުމުގެ ގަޑި ކައިރިކޮށް ޑާކް ޗޮކްލެޓެއް ކައިފިނަމަ އިރު އަރަންދެން ފަންކާގެ ބުރު ގުނަން އޮންނަ ޖެހިދާނެ އެވެ.
ޓޮމާޓޯ ސޯސް
އާންމުކޮށް ކެއުމުގައި މި ހިމެނޭ ސްޕެގެޓީ ޕިއްޒާ ފަދަ ތަކެތީގައި ޓޯމާޓޯ ސޯސް ހިމެނެ އެވެ. ގޭގައި އަމިއްލައަށް އެއްޗެއް ތައްޔާރުކޮށްލިޔަސް ޓޮމާޓޯ ސޯސް މިއީ ކޮންމެހެން ބޭނުން ކުރަން ޖެހޭ ބާވަތެކެވެ. ޓޮމާޓޯގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނުނު ނަމަވެސް އޭގައި ހިމެނޭ އެސިޑްގެ ސަބަބުން ރޭގަނޑުގެ ނިދުމަށް ހުރަސް އަޅަ އެވެ.
ކުޅި ކާތަކެތި
ކުޅި އެއްޗެހީ ގެ ސަބަބުން ރޭގަނޑު މޭ އަންދާ ގޮތް ދިމާވެ އެެވެ. ކުޅިކޮށް ކާނާ ބޭނުން ކުރާނަމަ ހަޖަމް ވުމަށްވެސް ދަތިތަކެއް ކުރިމަތި ވެެއެވެ. އެހެން ކަމުން ކުޅި އެއްޗެއް ކާނަމަ ނިދުމުގެ ވަގުތާ ކައިރިކޮށް ނުކާށެވެ. ރޭގަނޑު މިކަހަލަ ކެއުމެއް ބޭނުން ކުރާނަމަ ދިނުމުގެ ވަގުތަށް 2-3 ގަނޑިއިރު ދުރުކޮށް ކާށެވެ.