ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ތިން މީހަކު ކަމަށް ގުރައިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. އެ ތިން މީހުން ކޮވިޑަށް ޕޮޒިޓިވްވުމުން ސާމްޕަލް ނަގާފައިވާނެ ކަމަށާއި، އެގޮތުން ނެގި 49 ސާމްޕަލްގެ ތެރެއިން އިތުރު 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އޭގެ އިތުރުން އެތަނުން ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބޭ ހުރި ހަތް މީހަކު ހިމެނޭ ކަމަށާއި، އަލުން ޓެސްޓްކުރަން ޖެހޭ ހަތަރު މީހަކު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގިނަ ބައެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ގައިދުރުކަން އިސްކޮށް މާސްކު އެޅުމަށާއި، ކޮންމެހެން ދާން ޖެހޭ ތަނަކަށް ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް، ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ 86،419 އަށް އަރާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،832 ސާމްޕަލް އެއް ނަގާފައިވެ އެވެ. އޭގެ ތެރެއިން 95 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ.
 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					