"ބިގް ބޮސް 15"ގައި ބައިވެރިންގެ މެދުގައި ތަފާތު ކުރުން ޝޯ ހުށަހަޅައިދޭ ހޯސްޓް ސަލްމާން ހާން ގެންގުޅޭތީ ބެލުންތެރިން ނުރުހުން ފާޅުކޮށްފި އެވެ.

މިފަހްތާގައި "ބިގް ބޮސް 15" ގައި ބައިވެރިން ފުރިހަމަ ކުރި ގޭމެއްގެ ތެރެއިން ކަރަން ކުންދުރާ ވަނީ ޕްރިތީކް ސެހަޖްޕާ ބިންމައްޗަށް "ޖަހާ" ވައްޓާލާފަ އެވެ.

"ބިގް ބޮސް" ގޭގައި މާރާމާރީ ހިންގުމަކީ ކުށަކަށްވާއިރު މިފަދަ ގޮތަކަށް ކަރަން އަމަލުކުރުމުންވެސް އޭނައަށް ފިޔަވަޅު "ބިގް ބޮސް" އާއި ސަލްމާން ހާން ފިޔަވަޅު ނާޅާތީ ބެލުންތެރިން އަންނަނީ ފާޑުކިޔަމުންނެވެ.

ކަރަން ކުންދުރާ އަދި ބިގް ބޮސްގެ ފޭނުން ހިތްހަމަނުޖެހިގެން ކޮށްފައިވާ ބައެއް ޓްވީޓްތައް

ކަރަންއަށް ފިޔަވަޅު ނޭޅުމަކީ ކަރަން ޝޯ ކާމިޔާބު ކުރުމަށް މަގުފަހި ކުރުމަށްޓަކައި ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މީގެ ކުރީގެ ސީޒަންތަކުގައި "މާރާމާރީ" ހިންގުމުގެ ސަބަބުން އެބައިވެރިން "ބިގް ބޮސް" ގެއިން ވަނީ ބޭރުކޮށްފަ އެވެ. އަދި މިފަދަ އަމަލުތައް ފެންނަ ބައިވެރިންނާ ދެކޮޅަށް މީގެ ކުރިން ސަލްމާން ވާހަކަ ދައްކާފައިވާއިރު ކަރަން އާ ދެކޮޅަށް ސަލްމާން ވާހަކަ ދައްކާފައިނުވެ އެވެ. އޭގެ ބަދަލުގައި ސަލްމާން ވަނީ ކަރަން އަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.

https://www.instagram.com/p/CVfPaLKNmdF/

މިފަހްތާ ނިމިގެން ދިޔައިރު "ބިގް ބޮސް" ރަސްމީ ގެއަށް ހުރިހާ ބައިވެރިންވަނީ ވަދެފަ އެވެ. އަދި "ޖަންގަލި" މިހާރު ވަނީ ގެއްލިފަ އެވެ. މިފަހަރުގެ ފުރަތަމަ ވައިޓް ކާޑް ބައިވެރިޔާވެސް ޝޯއާ ވަނީ ގުޅިފަ އެވެ.