ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި މަޝްހޫރު އެކްޓަރު ސަލްމާން ހާން އެކުގައި ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ އިސާރާތެއް ދީފި އެވެ.

ރޯހިތް ޑައިރެކްޓް ކުރާ ފިލްމެއްގައި ސަލްމާން ބައިވެރިވާނެ ކަމުގެ އިސާރާތެއް ދީފައި ވަނީ މިހާރު ކަލާޒް ޓީވީއިން ދައްކަވަމުން އަންނަ ސަލްމާން ހުށަހަޅައިދޭ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 15" ގަ އެވެ.

ރޯހިތުގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ސޫރްޔާވަންސީ"ގެ ޕްރޮމޯޓްކުރުމަށްޓަކައި "ބިގް ބޮސް 15"ގެ ވީކެއް ވާރުގައި ބައިވެރިވެ ރޯހިތު ބުނެފައިވަނީ ސަލްމާނާއެކު ފިލްމެއްގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. މިއަށް ޖަވާބު ދެމުން ސަލްމާން ހާން ބުނެފައިވަނީ އޭނާގެ ވެސް ރޯހިތު ޝެޓީގެ ފިލްމެއްގައި ބައިވެރިވުމަށް ކެތް މަދުވެފައިވާ ކަމަށެވެ.

އެގޮތުން ސަލްމާންގެ "ދަބަންގް" ފްރެންޗައިޒްގެ ކެރެކްޓާ ޗުލްބުލް ޕާންޑޭ އާއިއެކު އަޖޭ ދޭވްގަންގެ ސިންގަމް ގެނެސްދިނުމަށް ބޭނުންވާ ކަމަށްވެސް ރޯހިތު ޝޭޓީ ވަނީ ހާމަކޮށްފަ އެވެ. "ބިގް ބޮސް"ގެ އެޕިސޯޑެއްގައި ރޯހިތު އާއި އެކްޓްރެސް ކެޓްރީނާ ކައިފް ބައިވެރިވި އިރު، ރޯހިތުގެ ފިލްމެއްގައި މަސައްކަތް ކުރާނެ ކަމަށް "ބިގް ބޮސް"ގެ ސެޓުގައި ސަލްމާން ވައުދުވި އެވެ.

https://www.instagram.com/p/CVp3I9Oo-hB/

ސަލްމާންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ސަލްމާން އާއި ކެޓްރީނާ އެކުގައި "ޓައިގާ 3" އިން ވަރަށް އަވަހަށް ފެނިގެން ދާނެ އެވެ.

"ސޫރިޔަވަންޝީ" މިމަހު ސިނަމާގައި އަޅުވާއިރު ރޯހިތު ކުރިއަށް އޮތް ފިލްމަކީ މިހާރު ޝޫޓިން ގާތްގަނޑަކަށް ނިމިފައިވާ ރަންވީރުގެ ކޮމެޑީ ފިލްމު "ސާކަސް" އެވެ.