ފޯނު ޗާޖު ކުރުމުގައި އަހަރުމެން ގެންގުޅޭ އާދަތަކެއް ހުރެ އެވެ. ޗާޖަށް ޖަހަނީ ފޯނު ނިވެން ކައިރި ވީމަ އެވެ. އަދި ޗާޖު ކުރާއިރު 100 ޕަސެންޓް އެއްކޮށް ފުލް ވަންދެން ޗާޖު ކުރެ އެވެ. ބެޓެރީގައި ގިނަ އިރު ޗާޖު ހިފަހައްޓާނީ މިގޮތަށް ކަމަށް ހީވެފައި އޮންނާތީ އެވެ. އެހެން ނަަމަވެސް މި އާދަތަކަކީ އެންމެ ރަނގަޅު އާދަތަކެއް ނޫނެވެ.

ދިރާސާ އަކުން ދައްކާގޮތުގައި ފޯން އެންމެ ރަނގަޅަށް މައްސަކަތް ކުރާނީ ފޯނުގެ ޗާޖު އެއްކޮށް ފުލްނުވެ ހުންނަ ނަމަ އެވެ. އެއީ 100 ޕަސެންޓަށް ފޯން ޗާޖު ކުރުމުން ބެޓެރީގައި ވޯލްޓޭޖު މަތިވާތީ އެވެ.

އެއާއެކު ރޭގަނޑު ޗާޖަށް ޖެހުމުގެ އާދަ ދޫކޮށްލާފައި ކޮންމެ ދުވަހަކު ތިން ފަހަރު ގާތްގަނޑަށް އެއް ގަޑިއިރު ވަންދެން ދޭތެރެ ދޭތެރެއިން ޗާޖުކުރުން ރަނގަޅު ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ. އަދި ޗާޖަށް ޖަހާފައި އޮންނަ އިރު ފޯން މާ ބޮޑަށް ހޫނު ވާނަމަ ޗާޖުން ނައްޓާލާށެވެ.

މީގެ އިތުރުން ދިހަ ޕަސެންޓަށް ޗާޖު ދަށްވިޔަ ނުދޭށެވެ. ސަބަބަކީ ދިހަ ޕަސެންޓަށް ވުރެ ފޯނުގެ ޗާޖު ދަށް ވުމުން ފޯނުގެ ރޭޑިއޭޝަން 1000 އަށް ވުރެ މަތިވެ އެވެ. މިއީ ސިއްހީ ގޮތުން ގެއްލުން ވާނެ ކަމެކެވެ.

އެހެން ކަމުން އެންމެ މޮޅު ގޮތަކީ 30 ޕަސެންޓަށް ފޯނުގެ ޗާޖު ދަށްވުމުން ފޯން ޗާޖު ކުރުން ކަމަށް ޓެކްނޮލޮޖީގެ މާހިރުން ލަފާދެ އެވެ.