ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޭންކިން ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްދޭ ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޙިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
ވީހާ ވެސް އަވަހަށް މިކަން ހައްލުކުރުމަށް ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ އެންމެހައި ދަތިތަކަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބޭންކިން ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން އޭޓީއެމްގެ ހިދުމަތާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ.
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"