މިއުޒިކަލް ރޮމޭންޓިކް ޑްރާމާ "އަތުރަންގީ ރޭ" ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އޯޓީޓީ ޕްލެޓްފޯމް ޑިޒްނީ ހޮޓްސްޓާއިން ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "އަތުރަންގީ ރޭ" ގައި ފެނިގެންދާނީ ސާރާ އަލީ ހާން އާއި އަކްޝޭ ކުމާރުގެ އިތުރުން ދެކުނު އިންޑިއާގެ އެކްޓަރު ދަނޫޝް އެވެ.

ޑައިރެކްޓަރު އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ ފިލްމު ބިނާކޮށްފައިވަނީ އިންޑިޔާގެ ބިހާރް އާއި މަދުރާއީގައި ހިނގާ ހާދިސާ ތަކެއްގެ މައްޗަށެވެ.

އަތުރަންގީ ރޭ" ގެ ޓްރެއިލާ ސޯޝަލް މީޑިއާ މެދުވެެރިކޮށް ދޫކޮށްލި އިރު ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

https://www.youtube.com/watch?v=wlLrCUVZ9Ko

ސާރާގެ އެންމެ ފަހުގެ ފެނިގެން ގޮސްފައިވަނީ "ކޫލީ ނަމްބަރު 1" އިންނެވެ.

"އަތުރަންގީ ރޭ" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން ރިލީޒްކުރި އޭނަގެ ފިލްމަކީ މި މަހުގެ 5 ގައި ސިނަމާތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސޫރިޔަވަންޝީ" އެވެ. މި އަހަރު އޭނާ ފުރަތަމަ ފިލްމަކީ އޮގަސްޓް 19 ގައި ސިނަމާތަކުގައި އެޅުވި "ބެލް ބޮޓަމް" އެވެ