ފާއިތުވި 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަނެއް ތިން މީހުން މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި ތިން ބިދޭސީންނެވެ. އެ ނަތީޖާ އައީ 1،204 ސާމްޕަލް ޓެސްޓު ކުރުމުންނެވެ.

އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 11,659 އިން މަތީގައެވެ. އޭގެތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 800 އެވެ. ބާކީ ތިބި މީހުންނަކީ ބަލިން ރަނގަޅުވެފައިވާ މީހުންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދަކީ 55 އެވެ. އޭގެތެރެއިން ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން ދެއެވެ.

ކޮވިޑް ޖެހިގެން މިހާނަތަށް ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 37 އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިވަގުތު 26 ރިސޯޓެއްގައި 38 ފަތުރުވެރިންނާއި 82 މުވައްޒިފުންނަށް ބަލިޖެހިފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން 16 ރަށެއްގައި 26 މީހަކަށް ބަލިޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.