ޢުސްފައިވާނަކީ އަންހެން ކުދިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އުސްފައިވާނަކީ އެއަށް އެރުމުން އާންމުކޮށް އިސްކޮޅުން ދިގުވެފައި ހިކި ކަމަށް ދައްކާ އެއްޗެކެވެ. އެހެން ނަމަވެސް އުސް ފައިވާނަށް ހޭނިފައި ނުވާނަމަ އެއީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ހާސްވާނެކަމެއް ނެތެވެ. ތިރީގައި މި ދަންނަވާލަނީ މިކަމުގައި ބޭނުންކުރެވިދާނެ ބައެއް އުކުޅު ތަކެވެ.

ހިނގައިގަންނައިރު ކައްސާލާހެން ހީވާނަމަ ފައި ރަނގަޅަށް ފައިވާނުގެ ތެރަޔަށް ލަންބައިލާށެވެ. އޭރުން ފައި ރަނގަޅަށް ފައިވާނުގެ ތެރެޔަށް ވަދެ ހަމަޖެހި އަދި ހިނގަން ފަސޭހަވާނެ އެވެ.

ސީދާކޮށް ހިނގުން

ހިނގާއިރު ތި ހިނގަނީ ސީދާ ރޮނގަކަށް ދާގޮތަށް ކަމަށް ހިތަށް އަރުވާލާށެވެ. އެއާއެކު ހިނގާއިރު ހަށިގަނޑު ކުޑަކުޑަކޮށް ފަހަތަށް ލަންބާލާށެވެ. އޭރުން ކުރިއަށް ފިޔަވަޅު އެޅުގައި ފަސޭހަ ވާނެ އެވެ.

ލަސްލަހުން ހިނގުން

މާބޮޑަށް އަވަސް އަރުވާލައިގެން ހިނގާނަމަ ބަލާބެލުމަށް ހީވާނީ "ޖޯކެއް" ހެންނެވެ. ލަސްލަހުން ރީއްޗަށް ހިނގުމުން ހަށިގަނޑު ރަނގަޅަށް ބެލެންސްކޮށް އަދި ރީތި ހިނގުމެއް ކަމަށް ދައްކާނެ އެވެ. އަދި ފިޔަވަޅު އަޅާއިރު ކުރު ފިޔަވަޅު އަޅާށެވެ.

ފުންނާބާއި އިލިނގިތައް ޖެއްސުމުގައި ސަމާލުވުން

ހިނގާއިރު ފުރަތަމަ ފުންނާބު ޖައްސާށެވެ. ދެން ފައިގެ އިނގިލި ޖައްސާށެވެ. މިހެން ހެދުމުން ހިނގުން ރީތިވެފައި ފަރި ކަމަށް ދައްކާނެ އެވެ.

ސައިޒު ހެޔޮވަރު ކުރުން

ފައިވާން މާ ކުޑަނަމަ އުސްފައިވާނުގައި ހިނގުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެހެންކަމުން ހެޔޮވަރުގެ ފައިވާނަކަށް އެރުމަކީ ވަރަށް މުހިއްމު ކަމެކެވެ.