ފުވައްމުލަކުގައި ފެމުނު މިޔަރު ބަލަން ޑައިވްކުރަން ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އެލެކްސީ މޯޑަޝޮވް، އޭނާގެ 500 މިލިއަން ޑޮލަރުގެ އަގުބޮޑު ސުޕަ ޔޮޓްގައި އަތުވެއްޖެ އެވެ.
ދަގަނޑާއި ހަކަތަ އަދި މައިނިންގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިލިއަނަރު، މޯޑަޝޮވްގެ 466 ފޫޓު ދިގު ޔޮޓް "ނޯޑް" މިރަށަށް އައީ އިއްޔެ އެވެ. މޯޑަޝޮވްއަކީ ދުނިޔޭގެ އެންމެ މުއްސަނދި 50 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ޔޮޓްތަކުގެ ތެރޭގައި ހިމެނޭ މި ޔޮޓުގައި ހެލިކޮޕްޓަރެއްގެ އިތުރުން އެންމެ ޒަމާނީ ވަސީލަތްތައް ވެސް ހިމެނެ އެވެ. ޖަރުމަނުގައި މިއަހަރުގެ ކުރީކޮޅު ބަނދެފައިވާ އަގުބޮޑު ޔޮޓް ބަނދަރުކޮށްފައި އޮތީ މިރަށުގެ ހުޅަނގު ފަރާތު ބޭރުގަ އެވެ.
ފުވައްމުލަކުގައި ޑައިވް ސެންޓަރެއް ހިންގާ މީހަކު ބުނީ މި ޔޮޓުގައި ބިލިއަނަރާއެކު ދަތުރުކުރާ މީހުން މިޔަރު ބަލަން މި ރަށް ކައިރިއަށް ޑައިވްކުރަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ފެމުނު މިޔަރު ގިނަ އަދަދަކަށް ފެންނަ ރަށެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ފުވައްމުލަކު ކައިރިއަށް ޑައިވްކުރަން ކޮންމެ އަހަރަކު އެތައް ސަތޭކަ ޓޫރިސްޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިރަށަށް ޒިޔާރަތްކުރެ އެވެ. އޭގެ ތެރޭގައި މަޝްހޫރު މީހުންނާއި ބިލިއަނަރުން ވެސް ހިމެނެ އެވެ.
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
"ވޯކް ފްރޮމް ހޯމް"އިން ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް!
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި

ތިޔައީ ފޯއްމުލަކު ކައުންސިލްގެ އިޚްތިސާސް ތިތަނަށް ފީނަންޖެހޭނީ ކައުންސިލުން ކަނޑައަޅާ ފީއެއް ކައުންސިލަށްދީފައި މިގޮތަށް މިކަންކުރުމަށް ކައުންސިލްތަކަށް ގޮވާލަން.