ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ, މިނިސްޓަރު ވެންގް ޔީ އެފްރިކާ ބައްރުގެ ބައެއްް ގައުމުތަކަށް ކުރައްވާ ދަތުރުފުޅަށްފަހު ރާއްޖެއާއި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުފުޅު ކުރައްވަނީ ޖަނަވަރީމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށެވެ. ވެންގް ރާއްޖެ ވަޑައިގަންނަވާނީ ޖެނުއަރީ 07-08 އަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި

ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ, މިނިސްޓަރު ވެންގް ޔީ އެފްރިކާ ބައްރުގެ ބައެއްް ޤައުމުތަކަށް ޖަނަވަރީމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށް ކުރައްވާ ދަތުރުފުޅަށްފަހު ރާއްޖެއާއި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ވެންގް ރާއްޖެ ވަޑައިގަންނަވާނީ ޖެނުއަރީ 08-07 އަށް ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ހިންގަން ރާވައިފައިވާ ހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވަން ކުރައްވާ ދަތުރުފުޅެކެވެ.