ތެލް އަވީވް (04 ޑިސެމްބަރު) - މެޑިޓޭރިއަން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އަސްކަރިއްޔާގެ ދެ ޕައިލެޓަކު މަރުވެއްޖެ އެވެ.

އަތަލިފް ނަމަކަށް ކިޔާ އެ ހެލިކޮޕްޓަރު ވެއްޓފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޓްރެއިނިން ފްލައިޓެއްގެ ތެރެއިން އެގައުމުގެ އުތުރުގެ އަވަށެއް ކަމަށްވާ ހާއިފްގެ އައްސޭރިއަށް ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވާން ފެށިއިރު އޭގައި ތިބި ޕައިލެޓުން ފެނުނު އިރުވެސް ވަނީ މަރުވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހާދިސާގައި ސިފައިންގެ އިތުރު މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއީއެކު އަސްކަރިއްޔާގެ ޗީފް ވަނީ ޓްރެއިނިންގެ ހުރިހާ ހަރަކާތްތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން އަންގައިފަ އެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް އަދި ހޯދިފައި ނުވާއިރު ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް އަސްކަރިއްޔާގެ ސީނިއާ އޮފިސަރަކު ވަނީ ވިދާޅުވެފަ އެވެ -- އަލް އަރަބިއްޔާ.