މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފެއްދި ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "އެކްސް"ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު އިދާރާއެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސް އިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.
އަދި ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީ މަސައްކަތްތެރިން ހިފަހައްޓާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މި އޮޕަރޭޝަނަކީ، ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންގެ އިތުރުން ކަރެކްޝަންގެ އެހީތެރިކަމާއިއެކު ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވައިފައެއް ނުވެ އެވެ.
ނަފްސާނީ އެހީ ބޭނުންވާ މީހަކަށް ދީގެން ނުވާނެ "ނަސޭހަތެއް"!
ކުޅުދުއްފުށީގައި ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒެއް
އެކްސިޑެންޓްތައް ތަހުގީގުކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަނީ
މާލެއިން ހޯދުމުގައި މައްސަލަ ޖެހުނު ހިސާބަކީ ވެރިކަމުގައި ތިބިމީހުންގެ ތަރިކަ މުދާކަމަށް ގަބޫލުކޮށްގެން ރައްޔިތުންގެ ފައިސާއިން އުފެއްދި ބިންތައް އެއްވެސް ހަމައެއް ނެތި ގާތްމީހުންނާއި ރައްޓެހިންނާއި އެމީހުންގެ ގާތްމީހުންނަށް ދިނުން. އެމީހުންގެ އަނބިންނަށް ގޯތިއޮތަސް ގޯތި ލިބުމުގެ ޝަރުތު ހަމަވޭ. އެހެން މީހުންގެ މައިންބަފައިންގެ ގޯތި ބެހައިފިއްޔާ ލިބިދާނެތީ ނުވަތަ ފިރިމީހާއަށް އުޅޭނެ އެހެންތަނެއް ނެތިގެން އުޅެން ޖެހިފައިވާ ގެއެއް އަނބިމީހާގެ ހުރީމާވެސް ޝަރުތު ހަމަނުވޭ.
ޙައްލަކީ ކޮންމެ 20 އަހަރަކުން ވެރިކަން ކޮންމެވެސް އެހެން ހިސާބަކަށް ބަދަލު ކުރުން!