ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭބެލް މައްކޮނެން ތެސްފޭ (ދަ ވީކެންޑް)ގެ އާ ލޯބިވެރިޔާއަކީ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

މީގެ ކުރިން ވެސް ވީކެންޑާއި އެންޖެލީނާއާ ދެމެދު ގުޅުމެއްވާ ކަމަށް އެދެ ފަންނާނުންގެ ފޭނުން ވަނީ ޝައްކުކޮށްފަ އެވެ.

އެހެންނަމަވެސް ފޭނުންގެ ޝައްކު އިތުރަށް ޔަގީންވެގެން ދިޔައީ، ވީކެންޑް އެންމެ ފަހުން ނެރުނު ލަވައިގެ ލިރިކްސްގައި، އެންޖެލީނާއަށް އަމާޒުވާފަދައިން ބަސްތައް އިބާރާތްކޮށްފައި އޮތުމުންނެވެ.

އޭގެ އިތުރުން ވީކެންޑްގެ ލިރިކްސްގައި އޭނާގެ ލޯބިވެރިއަކީ މޫވީ ސްޓާރެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ވީކެންޑްގެ މި ލިރިކްސްއާއެކު ގިނަ ބަޔަކު ވަނީ އޭނާ މިހާރު އެންޖެލީނާ އާއި ލޯބީގެ ގޮތުން ގުޅިފައިވާކަން ވެސް ގަބޫލުކޮށްފަ އެވެ.

މިދެ ފަންނާނުން ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ވާހަކަ ދެކެވެމުންދާއިރު، ފަހަކަށް އައިސް އެދެފަންނާނުން ވެސް އެކީގައި ފެންނަ މަންޒަރުތައް ފޭނުންނަށް ފާހަގަވެފައިވެ އެވެ.