ޖާންވީގެ ކޮއްކޮ، ކުށީ ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖާންވީ ކަޕޫރާއި އޭނާގެ ބައްޕަ ބޯނީ ކަޕޫރް ހޯމްކަރަންޓީންވާން ޖެހިއްޖެ އެވެ.

ކުށީ ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް ކަރަންޓީންގައި ހުރި ޖާންވީ ވަނީ ފޮޓޯއެއްވެސް އާންމުކޮށްފަ އެވެ. އެފޮޓޯގައި ހުން ބަލާ ތަރްމޮމީޓަރާއި އެކު ޖާންވީ ފެނެ އެވެ.

https://www.instagram.com/p/CYg1ELpv8Pn/

އޭގެ އިތުރުން ޖާންވީ ވަނީ އޭނާ ކުރަހައި ކުލަޖެއްސުމަށް ހުރި ޝައުގުވެރިކަން ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. މީގެ ކުރިން 2020 ވަނަ އަހަރުގައި ޖާންވީގެ ބޭބެ، އަރްޖުން ކަޕޫރް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާހޯދާފަ އެވެ.

އޭގެ ފަހުން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވުމަށްފަހު އޭނާ މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޖާންވީ އެންމެ އަވަހަށް ދެން ފެނިގެންދާނީ 'ގުޑްލަކް ޖެރީ' އަދި 'ދޯސްތާނާ-2' އިންނެވެ. ޖާންވީގެ ފޭނުން ދަނީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަށް އިންތިޒާރުކުރަމުންނެވެ.