މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާގެ ދަރިފުޅު ވާމިކާގެ މޫނު ބަލައިލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

އަނުޝްކާ އާއި ވިރާޓް، އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ކަމަށްވާ ވާމިކާގެ އެއްވެސް މައުލޫމާތެއް ނުވަތަ މޫނު ހާމަވާ ފޮޓޯއެއް މީޑިއާއަކަށް ހިއްސާއެއް ނުކުރެ އެވެ.

މިގޮތުން ގިނަ ފަހަރުތަކެއްގެ މަތިން، ވިރާޓާއި އަނުޝްކާއާ އެކު ފެނިފައިވާ ކުޑަކުދިންނަކީ ވާމިކާ ކަމަށް ވެސް ގިނަ ބަޔަކު ހީކޮށްފައިވެ އެވެ. އެހެންނަމަވެސް އެދެމަފިރިން ވަނީ އެއީ ވާމިކާއެއް ނޫންކަން ހާމަކޮށްދީފަ އެވެ.

ނަމަވެސް އެދެފަފިރިން ވަނީ ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ.

އެ ފޮޓޯތަކުގައި ވާމިކާއާއެކު އެދެމަފިިރިން ފެންނައިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ.

ވާމިކާގެ މަންމައަކީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގައި ޖާގަ ހޯދައި، ކާމިޔާބު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. އަދި ވާމިކާގެ ބައްޕައަކީވެސް އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިކެޓާއެކެވެ.