މަސައްކަތްކުރާ ގައިދީންގެ އެލަވަންސް ބޮޑުކޮށްފި އެވެ.
މީގެ ކުރިން 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާ ގައިދީންނަށް އެލަވަންސް ގެ ގޮތުގައި ދެމުން އަންނަނީ 30 ރުފިޔާ އެވެ.
އެހެންނަމަވެސް މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގައިދީން މަސައްކަތްކުރާނަމަ މަސައްކަތްކުރާ ދުވަހަކަށް 50 ރުފިޔާ ލިބޭނެ ކަމަށްމޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ބުނެ އެވެ.
މަސައްކަތުގެ އެކި ގްރޭޑުތައް ކަނޑައަޅާފައިވާއިރު، މަސައްކަތުގެ އެންމެ ދަށް މިންގަނޑު ކަމަށްވާ ގްރޭޑް އެކަކަށް ލިބޭނީ 50 ރުފިޔާ އެވެ. ކޮންމެ ގްރޭޑަކަށް ދެން 10 ރުފިޔާ ބޮޑުވާއިރު، މަސައްކަތުގެ އެންމެ މަތީ ގްރޭޑަށް ލިބޭނީ ދުވާލަކަށް 120 ރުފިޔާ އެވެ.