ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހދ.ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާކަމަށެވެ.
އެ ލޯންޗު ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:45 ހާއިރުކަމަށާއި، މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބާކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްފާރްޓްގައި ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާކަމަށާއި، އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، މި ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.