ބޮލީވުޑްގެ ފަންނާނު އަނަންޔާ ޕާންޑޭ އާންމުކުރި ޕޯސްޓަކަށް ޝާހިދު ކަޕޫރް ކޮމެންޓުކޮށްފި އެވެ.

އަނަންޔާ އޭނާގެ އިންސްޓަގްރާމްގައި މޫދުގެ ކައިރީގައި ނެގި ފޮޓޯއެއް އާންމުކޮށްފައިވާއިރު، ޝާހިދު އެއަށް ކޮމެންޓުކޮށްފައި ވަނީ ދިމާކޮށްލާ ޒާތަކަށެވެ. އަދި ޝާހިދުގެ އެކޮމެންޓަށް އާންމުންގެ ގިނަ ބަޔަކު ރައްދުދީ ބުނީ، އެއީ ޝާހިދުގެ ވާން އުޅޭ ފަހަރި ކަމަށެވެ.

https://www.instagram.com/p/CYlEK0lN3Xr/

އަނަންޔާ ޕާންޑޭ ލޯބީގެ ގޮތުން ޝާހިދުގެ ކޮއްކޮ އިޝާން ކައްތަރާ ގުޅިގެން އުޅޭކަމުގެ ހަބަރުތައް މިހާރު ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފަ އެވެ.

އަނަންޔާ ލޯބީގެ ގޮތުން ގުޅިިފައިވާ އިޝާންއަކީ މީގެ ކުރިން "ދަޅަކް" އިން ބެލުންތެރިންނަށް ފެނިގެންދިޔަ އައު ފަންނާނެކެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ޝާހިދު ކަޕޫރުގެ ކޮއްކޮ ވެސްމެ އެވެ.

އަނަންޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ލައިގަރް" ކިޔާ ފިލްމަކުންނެވެ. އަދި އެއަށްފަހު ދީޕިކާ ޕަޑުކޯން އާއި ސިދާރްތް ޗަތްރަވޭދީ އާއި އެކު "ގެހްރާއިއާން"އިން ވެސް ފެނިގެންދާނެ އެވެ.