ކުނި މެނޭޖުކުރުމަށް ކ. ތިލަފުށީގައި ހިންގާ މަޝްރޫއުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.
ތިލަފުއްޓަށް ކުރެއްވެވި ޒިޔާރާތުގައި ރައީސް ވަނީ ތިލަފުށީގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ބައްލަވައި، މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ، މާލެ ސަރަހައްދުގެ ކުނި، ޒަމާނީ ޓެކްނޮލިޖީގެ އެހީއާއެކު މިހާރަށްވުރެ ރަނގަޅަށް ކުރުމަށް ސަރުކާރުން ހިންގާ "ގްރޭޓަ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ މަސައްކަތް ބެއްލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މިއީ ކުނި މެނޭޖުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ އެއް މަޝްރޫއަކަށްވާއިރު، މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ލޯންޗުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު 15 ގަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި އެ މަނިކުފާނާއެކު މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓްގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ހަރަކާތެއް ފަށައިފި
މަގު ހެދުމަށް ޝުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް ބަންދު
ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
