ބިޕާޝާ ބާސޫއަކީ ބޮލީވުޑް އިންޑަސްޓްރީގައި މަސައްކަތް ކުރާ އެކްޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އޭނާ ވަނީ އޭނާގެ ރީތިކަމުންނާއި، އެކްޓުކުރުމުގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ

ނަމަވެސް އޭނާގެ ފޭނުންނަށް ނޭނގޭ އެއް ހަގީގަތެއް ބިޕާޝާ ހިއްސާކޮށްފައިވެ އެވެ.

އެއީ ބިޕާޝާ، އޭނާގެ ކެރިއަރުގައި ބުރަ މަސައްކަތްކުރުމަށް އުޅުނު ދުވަސްތަކުގައިވީ ގުރުބާނީ އެވެ. އެ ދުވަސްތަކުގައި، މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިކަމަށް ބިޕާޝާ ބުނެފައިވެ އެވެ.

އިންޑިޔާގެ ނޫސްތަކަށް މައުލޫމާތުދެމުން ބިޕާޝާ ބުނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ ޑީނޯ އާއި ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު މާލީގޮތުން ވަރަށް ދަތިވިކަމަށާއި، ބައެއް ފަހަރު މަދު ދޮންކެޔޮކޮޅެއް ކައިގެން އެކަނި ވެސް ފުއްދާލަން ޖެހޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ދެމީހުން އެއްކޮށް 10 ރުފިޔާގެ ރޮށިންނާއި ޗަޕާތީން ހިފަހައްޓާލި ކަމަށް އޭނާ ބުންޏެވެ.

ބިޕާޝާ ބުނީ މިކަންކަން އޭރު އޭނާގެ މައިންބަފައިންނަށް ހާމަކުރަން ނުކެރުނު ކަމަށެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް ހާލަތު ބަދަލުވަމުން ދިޔަ ކަމަށާއި، ބޮލީވުޑްގައި އޭނާގެ ނަން މަޝްހޫރުވަމުން ދިޔަ ވަރަކަށް މާލީ ހާލަތު ރަނގަޅުވަމުން ދިޔަ ކަމަށް ބިޕާޝާ ބުނެފައިވެ އެވެ.