އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި ވޯޓް ދިނުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން ގޮވާލައިފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފޯރިއާއެކު އެކި ޕާޓީތަކުން ކެމްޕެއިން ކުރަމުންދާއިރު، އިންތިހާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުންދާ ކަމަށެވެ.
އިންތިހާބުތަކާ ގުޅުވައި، ރަށްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި، ކެމްޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިހާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންތައްތަކެއްކަމަށް އެމްއާރުއެމްއިން ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ހިއްސާދާރުންނަކީ ތިޔަ ލޮބުވެތި ރައްޔިތުން ކަމުގައިވާއިރު، މި ޕާޓީއިން ދެކޭ ގޮތުގައި ކުރިއަށް މި އޮތް އިންތިހާބަކީވެސް ރައްޔިތުންނާ ހަވާލު ކުރެވިފައިވާ އަގުހުރި އަމާނާތެއް. އަދި އެއީ އަޅުގަނޑުމެން މި އެދޭ އިސްލާހް ގެނައުމަށް ލިބޭ އިތުރު ފުރުސަތެކެވެ. މި އިންތިހާބުގައި ވޯޓު ދެއްވާއިރު، ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި، ގާނޫނުން ކަށަވަރުކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަށް މި ޕާޓީން ގޮވާލަން. އަދި ވޯޓު ދެއްވުމުގައި، ވަގުތީ ގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅާ، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލްކަން ހުރި ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް،" އެމްއާރުއެމް ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްއާރުއެމުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުުޅުން ނެތް ވައުދުވުމަކީ ވެސް ކެންޑިޑޭޓުން ކެމްޕެއިން ތެރޭގައި ކުރާ ކަމެއް ކަމަށާއި އެ ކަންކަމަކީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކި މައްސަލަތަކުގެ އަސްލު ކަމަށެވެ.
"މިފަދަ އަމަލުތަކުގެ ނިވަލުގައި ކުރާ ކެމްޕެއިންގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެންގޮސްފައި ވަނީ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި، ނާގާލި ފަރާތްތައް މަގާމަށް އިންތިހާބު ވުމެވެ،" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.
އެމްއާރުއެމުން ބުނީ އިސްލާހުގެ މަގުގައި މިއަދު އައިސް ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތުކޮށްގެން އައިސް ތިބި ހިސާބެއް ކަމަށެވެ. އެހެންވެ އެ ޕާޓީން ގޮވާލީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބުގެ ކެމްޕެއިން ކުރުމަށެވެ.
ހަރަދުކުރުމުގައި ވެސް އަމަލުކުރަން ޖެހޭނީ އެ ކެންޑިޑޭޓެއްގެ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދުން އިތުރުނުވާ އަދަދަކަށް ކަމަށް ބުންޏެވެ. އެއަށް ވުރެ އިތުރަށް ހަރަދުކުރުމަކީ ގާނޫނާ ހިލާފު ކަމަކަށްވާއިރު ބޮޑެތި އަދަދުތަކުން ހަރަދު ނުކުރުމަށް ވެސް އެމްއާރުއެމުން ގޮވާލަ އެވެ.
ކުރިއަށް އޮތް އިންތިހާބަކީ ރައްޔިތުންނާ ހަވާލުކުރެވޭ އަމާނާތެއް ކަމަށާއި އެއީ އެދެވޭ އިސްލާހެއް ގެނައުމަށް ވެސް ލިބޭ ފުރުސަތަކަށްވާތީ ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯނުލަނބާ ގާނޫން ކަށަވަރުކޮށްފައިވާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް އާންމުންނަށް އެ ޕާޓީން ގޮވާލި އެވެ.
އެމްއާރްއެމް އިން ވަނީ ކުރިއަށް މިއޮތް އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި، އެ ކެންޑިޑޭޓުންނަށް ކެންޕެއިން ކުރާ ފަރާތްތަކުން ވެސް އިންތިހާބާ ބެހޭ ގާނޫނާއި، އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެންޕެއިން ކުރެއްވުމަށާއި، ސިޔާސީ ޙަރަކާތްތައް ހިންގުމަށް ވެސް ގޮވާލާފަ އެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނުގައި އެމްއާރްއެމްގެ ފަރާތުން ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ.
އިންތިހާބަށް ނުފޫޒު ނުފޯރުވަން އެދި އެމްއާރުއެމުން ބަޔާން ނެރުނުއިރު، ސަރުކާރުން ކޮމަންޑޫ ދާއިރާގެ ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ކުއްލި ގޮތަކަށް ބޮޑެތި މަޝްރޫއުތައް ހިންގާ ކަމުގެ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އެހެން ނަމަވެސް އިދިކޮޅު ކުރާ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގު ކޮށްފަ އެވެ.
އިންޑިއާ އިޒް ނޯ ޑޭމް ގުޑް ފޯރ ދިސް ކަންޓްރީ ޓޭކް އަވޭ ބްލަޑީ އިންޑިއަންސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް އިންޑިއާ އިޒް ޑޭންޖުރެސް ހޭއް ހޭއްހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...
އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ ޒިންދާބާދު އެމްއާރުއެމް ޒިންދާބާދު ފައްތޭ