މޭކަޕް ކުރުމަކީ އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ޒީނަތްތެރި ވުމުގެ ގޮތުން އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. ނަމަވެސް ޒުވާން އުމުރު ފަހަނައަޅައި ދިއުމުން މޭކަޕް ޕްރޮޑަކްޓްތައް ގިނައިން ބޭނުން ކުރުމަކީ ގިނަ ގޮތްގޮތުން ގެއްލުން ލިބޭ ކަމެކެވެ.

އެގޮތުން މީހާގެ އުމުރުން 40 އަށް އަޅާއިރު ހަންގަނޑު ހިކި، ހަރުވާ ގޮތްވެ އެވެ. ހަންގަނޑު ޒުވާންކޮށް ބެހެއްޓުމަށް ތަފާތު މޮއިސްޗަރައިޒާސްތައް ބޭނުންކުރި ނަމަވެސް، އެ އުމުރަށް އެޅުމުން އެ ތަކެތި ދޫކޮށްލަން ޖެހިދާނެ އެވެ.

ލިކުއިޑް އައިލައިނާ

ލިކުއިޑް އައިލައިނާ އަކީ އަވަހަށް ހިކޭ އެއްޗަކަށް ވެފައި އެއީ އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް އޭގެ އަސަރު ކުރާނެ އެއްޗެކެވެ. ލިކުއިޑް އައިލައިނާގެ ބަދަލުގައި، އެ އުމުރުގައި ޖެލް އައިލައިނާ ބޭނުން ކުރެވިދާނެ އެވެ.

މޫނުގައި ޖަހާ ފުށް

އުމުރުން ދުވަސްވާ ވަރަކަށް މޫނުގައި ފުށްޖެހުމުން ދުރުވާން ޖެހެ އެވެ. ފުށުގެ ބަދަލުގައި މޫނުގައި ކޮންސީލާ ފަދަ އެއްޗެއް ބޭނުން ކުރާށެވެ.

ވޯޓާޕްރޫފް މަސްކަރާ

މިއީ އެސްފިޔައިން ފިލުވަން އުނދަގޫ އެއްޗެކެވެ. މަސްކަރާ އަޅާނަމަ ފަސޭހައިން ފިލުވައިލެވޭ މަސްކަރާ ބޭނުން ކުރާށެވެ. ނޫނީ އެ އުމުރުގައި އެސްފިޔަތައް ނެއްޓަން ފަށައި ލޮލަށް ވެސް ގެއްލުން ވެދާނެ އެވެ.