ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު މާރިޔާ ދުބާއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަ އޮފް ސްޓޭޓް ފޯޑިފެންސް އެފެއާޒް ޝެއިޚް މުހައްމަދު އަހުމަދު އަލްބަވަރުދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު ދުބާއީއަށް ކުރައްވާ މި ދަތުރުފުޅު ތިން ދުވަހަށް ދެމިގެންދާނެ އެވެ.
މިދަތުރުފުޅާ ބެހޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ، މިނިސްޓަރު މާރިޔާ ދުބާއީއަށް ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 21 އިން ފެށިގެން 23 އާއި ހަމައަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން މި ދަތުރުފުޅުގައި އަބޫދާބީގައި ބާއްވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެގްޒިބިޝަން އަކީ ކީ އަބޫދާބީ ނެޝަނަލް އެގްޒިބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލްގެ އިތުރުން އެގައުމުގެ ޑިފެންސް މިނިސްޓްރީން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ އެގްޒިބިޝަން އެކެވެ.
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!
އައިޝާގެ ކޭކުތައް ބޭރުގެ ގައުމުތަކުން ޖާގަ ދީފި!
ވަޅުތަކަށް ފެން އަރާތީ ހުޅުމާލެ ސަހަރާގައި ވަޅުލުން ހުއްޓާލައިފި
