މޮސްކޯ (25 ފެބްރުއަރީ) - ޔޫކްރެއިންގެ އަސްކަރިއްޔާއިން ހަތިޔާރު ބަހައްޓައި އަމާން ދީފިނަމަ އެ ގައުމާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށް ރަޝިއާއިން ބުނެފި އެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަހަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލްވެފައިވާ ކަމަށް ރަޝިއާގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

އެގޮތުން ޔޫކްރެއިން އަސްކަރިއްޔާގެ 83 އިމާރާތަކަށް ހަމަލާދީ ނައްތާލާފައިވާއިރު އެ އަސްކަރިއްޔާގެ ގިނަ ވައިގެ އުޅަނދުތަކަކަށް ވެސް ރަޝިއާއިން ވަނީ ހަމަލާ ދީފަ އެވެ.

މި ހަމަލާތަކަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ކުރިމަތިލި ނަމަވެސް މިވަގުތަށް ބަލާއިރު ރަޝިއާއާ އިތުރަށް ކުރިމަތިލެވޭ ވަރުގެ ވަސީލަތްތައް އަސްކަރިއްޔާގައި ނެތް ކަމަށް އިންޓެލައިން ވަނީ ބުނެފަ އެވެ.

ރަޝިއާގެ މި ފިޔަވަޅާއެކު އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އެންޑީޓީވީ